އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބޭރު (މާންދީ) އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ބަރަހަނާ ކުރުމަށްފަހު ފޮޓޯ ނެގުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ އަމުރުގައި ބުނެފައިވަނީ މާންދީއާއި މާޒް ސަލީމްގެ ”ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށް“ އަމުރުކުރާ ކަމަށެވެ.
ކުރިމިނަލް ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ ފުލުހުން އެފަދަ އަމުރަކަށް އެދެމުންނެވެ. ފުލުހުން އެެފަދަ އަމުރަކަށް އެދުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއް ކަމަށްވާ އުމޭރު މުހައްމަދު މުއިއްޒުގެ ކަރަމާތަށް އުނިކަން އަންނަ ގޮތަށް އެ ދެ މީހުން މުޒާހަރާއެއްގެ ތެރޭގައި ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ކުރާ ތަހުގީގުގެ ތެރެއިންނެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރާ ގުޅިގެން މާންދީއާއި މާޒް ސަލީމް ފުލުހަށް ހާޒިރުވުމަށް އަންގައިވަނީ ޗިޓު ފޮނުވައިފަ އެވެ.



