ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޓްސްއެޕް ޗެނަލެއް ހުޅުވައިފި އެވެ.
އެ ޗެނަލަށް ވަނުމަށް ދައުވަތު ދެއްވުމަށް ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޗެނަލުން ސަރުކާރުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ލިބޭނެ ކަމަށެވެ.
އެ ޗެނަލަށް ހަ ގަޑިއިރު ތެރޭގައި 2،000 މީހުން ވަނީ ވަދެފަ އެވެ.
އެ ޗެނަލްގައި ސަރުކާރުގެ މަސައްކަތްތަކުގެ އިތުރުން ރައީސްގެ ބައެއް ހިޔާލުތައް ވެސް ގެންދަވަނީ ފާޅުކުރައްވަމުންނެވެ. އެގޮތުން އެންމެ ފަހުން އެ މަނިކުފާނު ލިޔުއްވާފައިވަނީ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމާ ގުޅޭގޮތުންނެވެ.
ރައީސްގެ އެ މެސެޖުގައި ވިދާޅުވީ އެ މަނިކުފާނު ވަކާލާތުކުރައްވާ ވޯޓިން ސިސްޓަމަކީ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމް ކަމަށެވެ.









