މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހިޔާ ފްލެޓް، ޕޯޓް ރެސިޑެންސްގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި މުހިންމު ދައުރެއް އަދާކުރި ދެ މުވައްޒަފުގެ އަގުވަޒަންކޮށްފި އެވެ.
އެމްޕީއެލް އިން ބުނީ، އެ ކުންފުނީގެ ފްލެޓްގެ އެޕާޓްމަންޓެއްގައި އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެ ކުުންފުނީގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ ދެ މުވައްޒަފުން ކަމަށްވާ މުހައްމަދު އައިހަމް އާއި އަހުމަދު އާތިފު ކަމަށެވެ.
އެ ދެ މުވައްޒަފުން ދެއްކި ހިތްވަރާއި އަވަސް ހަރަކާތުގެ ސަބަބުން، އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލްވެ، ޕޯޯޓް ރެސިޑަންސްގެ އެޕާޓްމަންޓަށް ބޮޑު ގެެއްލުމެއް ކުރިމަތިވުމުގެ ކުރިން އަލިފާން ނިއްވާލި ކަމަށްވެސް ބުންޏެވެ.
އަލިފާނުގެ ހާދިސާގައި އައިހަމް އާއި އާތިފް ދެއްކި ހިތްވަރާއި ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ކުންފުނީގެ މެނޭޖްމަންޓުން ވަނީ މިއަދު އެ ދެ މުވައްޒަފުންނާ ބައްދަލުކޮށް އެ މުވައްޒަފުން ކުރި އަގުހުރި ހިދުމަތަށް އެމްޕީއެލްގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތުގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.
އޭގެ އިތުރުން އަލިފާން ނިއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޕޯޓް ހިޔާ ކޮމިޓީގެ މެންބަރު ނަވާޒް މުހައްމަދު ސައީދާއި އެހެން ހުރިހާ މުވައްޒަފުންނަށްވެސް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.




ގުޅުންހުރި
ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލް އިން ވަޒީފާ ދީފި، ފުރިހަމަ
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި