އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި އިއްޔެ ބާރުގަދަ ގޮވުމެއް ގޮވައި 18 މީހުން މަރުވެއްޖެ ކަމަށް ބުނެފި އެވެ.
އިރާންގެ ދައުލަތުގެ ޓީވީ، އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިން އިން ބުނި ގޮތުގައި ގޮވުން ގޮވީ ޝަހީދު ރަޖާއީ ބަނދަރުގަ އެވެ. އެ ބަނދަރަކީ ދުނިޔޭގައި އުފައްދާ ހުރިހާ ތެލެއްގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ ބަނދަރެކެވެ.
ގޮވުމުގެ ސަބަބުން އަދި ނޭނގުނު ނަމަވެސް ބަނދަރުގެ ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ގޮވުން ގޮވީ ނުރައްކާތެރި ކެމިކަލް ރައްކާކުރާ ސްޓޯރޭޖުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ގޮވުމުގެ އަސަރު 50 ކިލޯމީޓަރަށް ކުރި އެވެ. އެގޮތުން ކައިރި ހިސާބުތަކުގައި ހުރި އިމާރާތްތަކުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ގޮސް، ފުރާޅުތައް އެއްލާލާފައިވާއިރު ބަނދަރު ކައިރީގައި ހުރި ކާރުތައް ވަނީ ހަލާކުވެފަ އެވެ.
އަދި ހޮރްމޯޒްގަން ޕްރޮވިންސްގެ ވެރިރަށް ބަންދަރު އައްބާސްގެ 23 ކިލޯމީޓަރު ދުރުގައިވާ ހުރިހާ ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަން އަންގާފައިވާކަމަށް ދައުލަތުގެ ޓީވީން ވަނީ ބުނެ އެވެ.
ގޮވުމުގެ ސަބަބުން ބަނދަރުގެ ބައެއް މަސައްކަތްތެރިން ތާށިވެފައިވާއިރު، އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ގޮވުމުގައި މިހާތަނަށް 18 މީހުން މަރުވެ 800 މީހުން ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.




ގުޅުންހުރި
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން
ވެރިކަމުން ދުރުކުރި މަޑަގަސްކަރައިގެ ރައީސްގެ ރައްޔިތުކަން އަތުލައިފި
އަންނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރާނަން, ކާމިޔާބުވެސް ކުރާނަން: ނަތަންޔާހޫ
އެއްބަސްވުމާ ހިލާފުވެ, އިޒްރޭލުން އެއް އާއިލާއެއްގެ 11 މެންބަރުން ޝަހީދުކޮށްލައިފި، ގިނައީ
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު