މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެ ދައުވަތު ރައީސް ދެއްވީ އެ މަނިކުފާނު މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމު ގުޅިގެން މިއަދު ދެއްވި ޖޮއިންޓް ޕްރެެސްގައެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި މެލޭޝިއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 57 އަހަރުވެފައިވާއިރު އަންވަރާއެކު މިއަދު ބޭއްވެވި މަޝްވަރާތަކުގައި އެ ގުޅުން މިހާރަށްވުރެ އިތުރަށް ވަރުގަދަކުރަން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އަދި މެލޭޝިއާއަކީ ދިވެހިން އެންމެ ގިނައިން މަތީ ތައުލީމު ހޯދަމުން އަންނަ ގައުމު ކަމަށާއި އެކަމުގެ ސަބަބަކީ ދިވެހިންނަށް ހާއްސަކޮށް މެލޭޝިއާގެ ސަރުކާރުން ވިސާގެ ކަންކަން ފަސޭހަކޮށްދީފައި އޮތުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މެލޭޝިއާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްމެންޓް ކުރުމަށް ދައުވަތު ދެއްވައިފަ އެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް