މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވީ އެކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނެތުމުން ކަމަށް ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.،
ޔާމީން އިސްވެ ހުންނަވާ އުފެއްދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އެކްޓިސްޓަކު އެކްސްގައިކުރި ޕޯސްޓަކަށް ރައްދު ދެއްވައި ނަރީޝް ވިދާޅުވީ ”“މި ނޫން ދުވަހެއް އޮތްކަން ހަނދާންކޮށް ބިރުވެތިވެ، ހެޔޮބަސްއަހައި ގަބޫލުކޮށްގެން، ކަމުގެ މައުލޫމަތު ނެތް މައްސަލައެއްގައި ހެކިބަސް ދޭން އިއުތިރާޒުކުރީ،“ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ވަނީ އެ މައްސަލައިގައި ޔާމީންގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމުގެ ގޮތުން އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. މިއަދުގެ އަޑުއެހުން ފައްޓަވައިދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ނަރީޝް އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު މި މައްސަލައިގައި ހެކިބަސް ދޭން ބޭނުން ނުވާކަން ކޯޓަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ޔާމީން ބޭނުންފުޅުވާނަމަ، އެ ދެ މީހުން ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުމަށް އަމުރެއް ކުރެވިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ޔާމީން ވިދާޅުވީ އެ ދެ މީހުން ހެކިބަސް ދޭން ބޭނުންނުވާނަމަ، އެ ދެ މީހުންގެ ހެކިބަސް ނުލައި މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ. ކޯޓުން އަމުރުކޮށްގެން އަދި މަޖުބޫރުވާފަދަ އަކުން އެ ދެ މީހުންގެ ފަރާތުން ދިފާއުގައި ވާހަކަތަކެއް ބޭނުންނުވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މި މައްސަލައިގައި ދެން ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިޔާ ކޯޓަށް ހާޒިރުވެފައިނުވެ އެވެ.

ގުޅުންހުރި
ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ނަރީޝް އާއި ޝުއާއުﷲ މިހާރު ބޭނުމެއް
ސީސީޓީވީ ފުޓޭޖު ގަޑި ދިމާނުވާތީ ޝަމީމަށް ހަމަލާދިން އެންމެން ސަލާމަތްވެއްޖެ
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި
މީހެއްގެ ގަޔަށް ކަޅުތެޔޮ ޖެހުމަކީ ކުޑަ ކުށަކަށްވާތީ މަންދީގެ ގަޔަށް ތެޔޮ
ކޮފީފުޅި ވަގަށް ނެގި މީހަކު ހަތް ދުވަހަށް، ދަވާދު ދަޅެއް ވަގަށް
ގެއްލިގެން ހޯދަން އިއުލާނު ކުރި މީހަކު ޑްރަގް އެތެރެކުރަނިކޮށް ހައްޔަރުކޮށްފި