އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް, އޮނަރަރީ ޑޮކްޓަރޭޓްކަން މިއަދު އަރުއްވައިފި އެވެ.
ރައީސް މެލޭޝިއާ ކުރައްވަން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޝަރަފު އަރުއްވާފައި ވަނީ، އައިއައިޔޫއެމްގެ ޕަހަންގް ކޮންސްޓިޓިއުޝަންގެ ހެޑް ޓުންކޫ އަޒީޒާ އައިމިނާ މައިމޫނާ އިސްކަންދަރިއްޔާ އެވެ.
ރައީސަށް އަރުވާފައި ވަނީ ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް އެވެ
މިއީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.
އެ ޔުނިވާސިޓީން 1990 ވަނަ އަހަރުން ފެށިގެން ދިވެހި ދަރިވަރުން ކިޔަވަމުން އަންނައިރު މިހާތަނަށް 380 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން މި ޔުނިވާސިޓީން ދަސްވެނިވެފައިވެ އެވެ.
އޭގެ ތެރޭގައި ޑިގްރީ ކޯސްތަކާއި މާސްޓާސް އަދި ޑޮކްޓަރަލް ލެވެލްއަށް ކިޔަވާފައިވާ ދަރިވަރުން ހިމެނޭ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
އެ ޔުނިވާސިޓީން އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވި ދިވެއްސަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒެވެ.
އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދަކީ ވެސް އައިއައިޔޫއެމުން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅުންނެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި