ރައީސް، ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމްގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް މިމަހުގެ 27 ވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގެ ތެރެއިން މަތީ ފަންތީގެ މަޝްވަރާތަކަކާއި އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އަދި އެ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު، އަންވަރު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ރައީސް ވަނީ ރާއްޖޭން ލިބެން ހުރި ފުރުސަތުތައް ބައްލަވައިލެއްވުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވައިފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި، ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން މެލޭޝިއާގައި ތިބޭ ދިވެހި ދަރިވަރުންގެ އެސޯސިއޭޝަން ވެސް އިފްތިތާހުކޮށްދެއްވާފައެވެ.
މީގެ އިތުރުން ވެސް ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން ވަނީ އެމަނިކުފާނަށް އޮނަރަރީ ޑޮކްޓްރޭޓްކަން ވެސް އަރުއްވާފައެވެ. މިއީ އައިއައިޔޫއެމްއިން ދިވެއްސަކަށް މިފަދަ ޝަރަފެއް އެރުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު