ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކަމަށާއި ލޯނު ދެއްކުމަށް މިހާތަނަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މާލީ ހާލަތު ރަނގަޅުވަމުންދާ ކަަމަށާއި މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދައްކައިފައި ކަމަށެވެ.
”ލޯނު އަނބުރާ ދެއްކުމަށްޓަކައި މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ އަޅުގަނޑުމެންވާނީ ހަރަދުކޮށްފަ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އޭޕްރީލްގެ ނިޔަލަށް ދައުލަތުގެ އާމްދަނީއަށް 12.4 ބިލިއަން ރުފިޔާ ލިބުުނުއިރު؛ ހަރަދަކީ 10.5 ބިލިއަން ރުފިޔާ ކަމަށެވެ. އޯވަރޯލް ބަޖެޓް ސާޕްލަސްއަކީ 1.9 ބިލިއަން ރުފިޔާ އަދި ޕްރައިމަރީ ބެލެންސްއަކީ 3.5 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާއިން ޑޮލަރު މާރުކުރަން ވަރަށް ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުން ކަމަށާއި މިހާތަނަށް 214 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”މި ޓްރެންޑުގައި މި ގޮތަށް ދާ ކަމަށްވަންޏާ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އަވަހަށް މީގެ ފައިދާ ރައްޔިތުންނާ ހަމައަށް ލިބޭނެ،“ ރައީސް ވިދާޅުވި އެވެ.

2 Comments
ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި