ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ސިފައިންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ، އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ކޮމިޓީން ނިންމުމުގެ ކުރިން، އެ މައްސަލައަށް ޕޮލްކޯގެ އިސް ބޭފުޅުންގެ ބަހެއްހޯދުމެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދައިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯ މައްސަލައިގެ ރިޕޯޓް ތިންބަޔަކަށް ބަހާލާފައިވާ ކަމަށެވެ.
”އެއީ ތިންކޮންޓްރެކްޓަރުން ވަކިން، ނޫމަޑި ކޮންޓްރެކްޓާއި، އައިލެންޑް އެކްސްޕާޓް ކޮންޓްރެކްޓާއި، އަމީން ކޮންސްޓްރަކްޝަން ކޮންޓްރެކްޓް،“ ނާޒިމް ވިދާޅުވިއެވެ.
އޭގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދާނީ، ޕޮލްކޯގެ އިސް ފަރާތްތަކުގެ ބަހެެއް ހޯދުން ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ޕޮލްކޯގެ އިސްބޭފުޅެއް ކަމަށްވާ އަބްދުލްމަންނާނު ޔޫސިފާއި، ޕޮލްކޯގެ ފުރަތަމަ ދެ ދައުރުގެ ހަޒާންދާރު ނަހުޝާދު ސާނީ، ކޮމިޓީއަށް ހާޒިރު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލަަތައް ކޮމިޓީން ކުރިއަށް ގެންދަނީ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިގެންކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އޮބްޒާވަރެއްގެ ގޮތުގައި އޭސީސީން ބައިވެރިވާ ކަމަށެވެ.
ނަމަވެސް ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް އެބޭފުޅުން ޝަރުތުކޮށްފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް ނާޒިމް ހުށަހެޅުއްްވިއެވެ.
ތާއީދު ކުރެއްވީ، ބާރަށު ދާއިރާގެ މެންބަރު ސުޖާއުއެވެ. އެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު ދެކޮޅު ހަދާފައިނުވާތީ، ކޮމިޓީގެ ބައްދަލުވުން ސިއްރުުރަން ނާޒިމް ނިންމެވިއެވެ.

ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ފޯނަކުން މައުލޫމާތު ލީކެއް ނުވާނެ ކަމަށް
ފައްޔާޒަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލާގައި ސައުދުﷲ: ބަދަލު ދިނީ ދައުލަތަށް ފައިދާވާ
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
ޑުރަގު ވިއްކާ ކަމަށް ތުހުމަތުވާ ޒުވާނެއް ހައްޔަރަށް: އެޕާޓްމަންޓުން ތިން ލައްކަ
މީހަކު ރަހީނުކޮށް، ބަރަހަނާކޮށް، ބިރުދެއްކި މީހުން ހައްޔަރު ކުރެވުނީ މަހެއް ފަހުން!