ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 80 ރުފިޔާ ބަހަން ނިންމައިފި އެވެ.
ނަސަންދުރާގައި މިރޭ ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ އަދަދު ފާސްވީ ޖަލްސާގައި ބައިވެރިވި މީހުންގެ 99.9 ޕަސެންޓް ވޯޓުންނެވެ. މިރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 229 ހިއްސާދާރަކު ބައިވެރިވި އެވެ.
މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކުރި އިރު، 2023 ވަނަ އަހަރުވެސް ބަހަން ނިންމީ މި އަދަދެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ވެސް އެ ކުންފުނިން ހިއްސާއަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 15 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީއާ އަޅާބަލާއިރު ހަ ޕަސެންޓް މަދު އަދަދެކެވެ.
އާމްދަނީގެ އިތުރުން މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނު އަދަދު ވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ 12 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 2.4 ބިލިއަން ރުފިޔާއެވެ.
އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާއަށް މިދިޔަ އަހަރު ލިބުނީ 717 މިލިއަން ރުފިޔާއެވެ.

ގުޅުންހުރި
ޝަރުތުތަކަކާއެކު މަންޑޭ ބަންދުން ދޫކޮށްލައިފި
ހަމަސް ތެރޭގައި އެމްޑީޕީއަށް އިތުރުވީ 10 މެންބަރުން
މާލޭ ގެއެއްގައި ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި
ޕީއެންސީން ވަގު ފޯމު ހުށަހެޅި ކަމުގެ ހެއްކެތް ނެތް: ފުލުހުން
ފުވައްމުލަކާއި އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓް އިއްޔެ ހިނގައިފި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް