މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިހަވަންދިއްޕޮޅުގައި ފެށި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ބައިނަލްއަގުވަމީ ބޯޓުފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެށި ބަންކަރިން ހިދުމަތުގެ ތެރެއިން އެސްޓީއޯގެ ދައުރަކީ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. އެކަމަށްޓަކައި އެސްޓީއޯ އިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލް އާއެކު 13 މާޗު 2024 ގައި އެމްއޯޔޫއެއްގައި ސޮއިކުރި އެވެ.
ނަސަންދުރާ ހޮޓަލުގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތްތައް ދަށް ނަމަވެސް މާލެ ސަރަހައްދުގައި އެ ހިދުމަތް ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް އައި ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ލައިނާގެ ކްރޫސްލައިނާއަކަށް އެ ކުންފުނިން ހިދުމަތް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
”މީގެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިން ލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށްދާކަން. ބަންކަރިންގައި އަދިވެސް އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ކައިރި ހުރި ގައުމުތަކާ، ހާއްސަކޮށް ކޮލަމްބޯ ފަދަ ގައުމުތަކާ ކޮމްޕީޓް ކުރާނަމަ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް މަސައްކަތް ކުރަމުން“ ޝިމާދު ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން