އެސްޓީއޯގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ފާސްކުރުމާއެކު ހިއްސާގެ ފައިދާ ވަގުތުން ހިއްސާދާރުންނަށް ޖަމާކޮށްދީފި އެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އޭޖީއެމްގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރީ މިދިޔަ އަހަރުވެސް ބެހި އަދަދު ކަމަށްވާ ހިއްސާއަކަށް 80 ރުފިޔާ އެވެ. އެ އަދަދު ފާސްވީ ޖަލްސާގައި ބައިވެރިވި 299 ހިއްސާދާރުންގެ 99.9 ޕަސެންޓް ވޯޓުންނެވެ.
ރޭގެ ޖަލްސާގައި ހިއްސާދާރުންގެ ހިޔާކު ފާޅުކޮށް، ޑިރެކްޓަރުންނާ ސުވާލު ކުރުމަށް އޮތް ފުރުސަތުގައި ހިއްސާދާރަކު ވަނީ މީގެ ކުރިން އެސްޓީއޯގެ ހިއްސާގެ ފައިސާ ޖަމާނުވެގެން އެތައް ފަހަރެއްގެ މަތިން ކުންފުންޏަށް ގުޅަން ޖެހުނު އިރެއްވެސް ދިޔަ ކަމަށެވެ.
ނަމަވެސް އަހަރީ އާންމު ޖަލްސާ ކުރިއަށް ދަނިކޮށް ހިއްސާދާރުންނަށް ފައިސާ ޖަމާވުމަކީ މީގެ ކުރިން އެއްވެސް ކުންފުންޏަކުން ކޮށްފައި ނުވާ ކަމެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށްވެސް އޭނާ ބުންޏެވެ.“ދެންމެ އަޅުގަނޑުމެން ވޯޓުލީ ހިއްސާގެ ފައިދާ ލިބިއްޖެ. އަޅުގަނޑަށް ލިބިއްޖެ. މި ދައްކަނީ ރަނގަޅު ވާހަކައެއް ކަމުގައިވާ ނަމަ އަޅުގަނޑު ބޭނުން ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. ސަބަބަކީ މިއީ ރާއްޖޭގެ ރެކޯޑެއް،“ އެ ހިއްސާދާރު ބުންޏެވެ.
އެކަން ފާހަގަކުރުމުން ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ވަނީ އެކަން ފާހަގަކުރުމުގެ ގޮތުން އަތްތިލަބަޑި ޖަހައިފަ އެވެ.
އެހެން ހިއްސާދާރަކު ވަނީ އަހަރީ އާންމު ޖަލްސާ ތެރޭގައި ހިއްސާދާރުންނަށް ފައިދާ ޖަމާކޮށްދިނުމަކީ އެސްޓީއޯ އިން ދެއްކި ނަމޫނާއެއް ކަމަށާއި އެހެން ކުންފުނިތަކުން އެކަން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.




ގުޅުންހުރި
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ