ދެކުނުގެ ތިން ރަށެއްގައި ހުރި ރިހެބިލިޓޭޝަން ސެންޓަރުތައް، ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި އެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ބައިތިއްބަން ވެގެން ނިންމި ނިންމުމެކެވެ.
ހޯމްލޭންޑް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުގައި ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައެޅީ:
ތިނަދޫ ސިޓީ ޑްރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިތީ ރިހެބިލިޓޭޝަން ސެންޓަރު
ފުވައްމުލައް ސިޓީ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
އައްޑޫ ސިޓީ ހުޅުދޫ ވިލުނު ސެންޓަރު
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ބޭނުންކޮށްގެން ހައްޔަރު ކުރެވޭ މީހަކީ ފަރުވާ ދޭންޖެހޭ މީހެއް ކަމަށް ފުލުހުންނަށް ގަބޫލު ކުރެވިއްޖެ ނަމަ، އޭނާ ޖަލުގައި ބަންދު ކުރުމުގެ ބަދަލުގައި ބަންދު ކުރަން ޖެހޭނީ ޑްރަގް އޮފެންޑާސް ރިމާންޑު ސެންޓަރެއްގަ އެވެ.
ނަމަވެސް މިކަމަށް ހާއްސަކުރެވިފައިވާ ތަންތަން ނެތުމުން މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ބަހައްޓަން މަޖުބޫރުވެފައި ވަނީ އެހެން ކުށްތަކުގައި ބަންދުކުރާ މީހުންނާއެކީ ކަސްޓޯޑިއަލް ޖަލުތަކުގަ އެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި