މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހުން އަނެއްކާވެސް ޕްރެޝަރަށް ވެއްޓިއްޖެ އެވެ.
ފުލުހުން އަނިިޔާ ކުރި ކަމަށް ބުނާ މީހާއަކީ އޮންލައިން ނޫހެއްގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ ހަމްދާ އަހުމަދަށެވެ. އޭނާއަށް އަނިޔާކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ދަނީ ބަލަމުންނެވެ.
ހަމްދާން އޭނާގެ ފޭސްބުކުގައި އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:40 އެހާކަންހާއިރު ޕޭސް ދޭއްގެ ނިކަގަސް މަގަށްވާ ގޮތަށް މަގުގެ އެއް ފަޅީގައި އޭނާ ގަތް ޑްރޯންއެއް ޗެކް ކުރުމަށް ހަތް ފޫޓު މައްޗަށް އަރުވާފައި ހުއްޓައި އެ ވަގުުތު އެ ސަރަހައްދުން ދިޔަ ދެ ފުލުހަކު އައިސް ޑްރާން އަރުވަނީތޯ ސުވާލުކުރި ކަމަށެވެ.
”އެހުމުން އާ އެކޭ ބުނިން. ހުއްދަ ނެތް ނަމަ ނާރުވަން ބުނި. އަތުގައި އެ ވަގުތު ހުއްދަ ނެތުމުން ވަގުތުން ޑްރޯން ތިރި ކުރިން. ދެން އައިސް ހުއްދަ ދައްކަން އެދުނީ އެ ނެތް ކަމަށް ބުނުމުން މައުލޫމާތު ދިނުމަށް ބުނި. އައިޑީ ކާޑު ވޮލެޓްއާއެކު ދެއްކުމުން ތީ މައުލޫމާތު ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހަޑި ހުތުރު ބަހުން ވާހަކަ ދައްކަން ފެށީ“ ހަމްދާން ބުނެފައިވެ އެވެ.
އޭނާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އޭނާގެ ވޮލެޓުގައި އޮތް ޕްރެސް ކާޑު ފެނުމުން ”ތޅ ނޫސްވެރިއަކަސް މިތާކު ފުއްޕާފަ ނުހުރެވޭނެ، ޑްރޯން އެއްވެސް ނޭރުވޭނެ“ ކަމަށް ފުލުހުން ބުނި ކަމަށެވެ.
އެއަށްފަހު ދެންހުރި ފުލުސް މީހާ ޕޮލިސް ކާރަށް ގުޅައި އިތުރު ފުލުހުން އައުމަށް އެދުނު ކަމަށް ކަމަށާއި އެ ފުލުހުން އައިސް އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ހުޅުމާލެ ފޭސް2 ގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ކަމަށް ބުންޏެވެ. ހައްޔަރުކޮށްގެން ކާރަށް އަރުވަންދެން ހަމްދާން ދިޔައީ އޭނާގެ ފޭސްބުކަށް އެ މަންޒަރުތައް ލައިވް ކުރަމުންނެވެ.
”އެތަނުގެ މެސް ރޫމް ގޮތަށް ހަދާފައި ހުރި ރޫމް އަކަށް ވައްދާފަ ކޮއްޕާލާ މޫނު މަތީގަ އެތައް ފަހަރަކު ތެޅި. ރަނގަޅަށް ދެލޮލަށް ނުފެންނަ ވަރަށް އަނިޔާކުރި. ކަރުގަ ހިފާ ނޭވާ ނުލެވޭ ވަރަށް ފިތާލި. ފަސް ފުލުހުން ވެގެން އެތާ ތެރޭގައި ތަޅާ ވަރަށް އަނިޔާކުރި“ ހަމްދާން ބުނެފައިވެ އެވެ.
ހަމްދާން ބުނީ އޭނާއަށް އަނިޔާ ކުރުމަށްފަހު ފުލުހުން މަސަައްކަތްކުރީ އޭނާ ފޭސްބުކްގައި ކުރި ލައިވް ޑިލީޓް ކުރުވަން ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ނަސޭހަތް ދޭން ފެށި ކަމަށް ބުންޏެވެ.
ނަމަވެސް މިި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ހަމްދާން ފުލުހުންނަށް މައުލޫމާތު ދިނުމަށާއި އަދި ހުއްދަ ދެއްކުމަށް އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑި ހުތުރު ބަހުން ފުލުހުންނާ ވާހަކަ ދެއްކި ކަމަށެވެ.
އަދި ހަމްދާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާއަށް އަނިޔާ ނުކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި
އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވާތީ ހޮސްޕިޓަލްތަކާއި ސަލާމަތީ ބާރުތައް ތައްޔާރީ ހާލަތަށް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވައި، ހަވާ އަރުވައިފި
އިންޑިއާ މީހެއްގެ އަތުން ފުލުހުން ހިފެހެއްޓި އެއް މިލިއަން ރުފިޔާގެ ބޭރު
ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި
ކެންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު ނިންމައި، ކޮމިޝަންކޮށްފި
އެމެރިކާގައި މަރާލި އިޒްރޭލު އެމްބަސީގެ ދެ މީހުންނަކީ ދެލޯބިވެރިން، ބަޑި ޖެހި