ޝައިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަނީ

މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް އަވަހާރަވި ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމައިފި އެވެ.

ޝައިހް ފަރީދު މަސައްކަތް ކުރައްްވަމުން ގެންދެވި ހިދުމަތް ޖަމިއްޔާ އިން ބުނި ގޮތުގައި ފަރީދުގެ ހަދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް ބޭނުންވި 760،000 ރުފިޔާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަމަވެފައިވާ ކަމަށެވެ.

ނަމަވެސް ހިދުމަތް ޖަމިއްޔާގެ ޕާޓްނާ ޖަމިއްޔާތަކުންނާއި ދިވެހިންގެ ގިނަ ބަޔަކު އަދިވެސް އެކަމުގައި ބައިވެރިވުމަށް އެދެމުންދާތީ ޝައިހްގެ ހަދާނީ މިސްކިތެއް ރާއްޖޭގައިވެސް ބިނާކުރަން ނިންްމައި އެ ފުރުސަތު ހުޅުވާލަން ނިންމީ ކަމަށް ބުންޏެވެ.

ޝައިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ބިނާކުރާ މިސްކިތުގެ ފަންޑަށް އެހީތެރިވުމަށް:

ޚިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު: 7770000141496