ގިނަ އަދަދެއްގެ ބައެއްގެ ޓެލެގްރާމް އެކައުންޓް އިއްޔެ ހެކްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޓެލެގްރާމް އެކައުންޓުތައް ހެކްކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. ހެކުވި ޓެލެގްރާމް އެކައުންޓުތަކުގެ ތެރޭގައި ސިޔާސީ މީހުންނާއި މަޝްހޫރު ވިޔަފާރިވެރިންތަކެއް ހިމެނެއެވެ.
ހެކުވި އެކައުންޓުތައް މިހާރު ވަނީ ރިކަވާ ކޮށްފަ އެވެ.
ޓެލެގްރާމް އެކައުންޓުތައް ހެކުވުމާ ގުޅިހެން ފުލުހުން ވަނީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ސޯޝަލް މީޑިއާގައި ޕާސްޓުކޮށްފަ އެވެ.
- ލެގްރާމް ހުޅުވާލުމަށް ފަހު ”ސެޓިންގްސް“ އަށް ފިތާލާ
- އެއަށް ފަހު ދެން ދާން ޖެހެނީ ”ޕްރައިވެސީ އެންޑް ސެކިއުރިޓީ“ އަށް
- ’އިންވައިޓްސް‘ އަދި ”ކޯލްސް“،، ”މައި ކޮންޓެކްސް“ އަށް ބަދަލުކޮށްލާ



