އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން ފުރި ވަގުތު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި ތިބި އެކަކުވެސް ސަލާމަތް ނުވާ ކަމަށް އިއުލާން ކުރުމަށްފަހު އެކަކު ސަލާމަތްވި ކަމަށް ބުނެފި އެވެ.
ބޯއިން 787-8 ޑްރީމްލައިނާގެ އެ މަތިންދާބޯޓު ވެއްޓުނު އިރު، އެ ބޯޓުގައި ދެ ކެޕްޓަނުންނާއި 10 ކެބިން ކްރޫ އާއެކު އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހަކާއި ޕޯޗުގަލްގެ ހަތް މީހަކާއި ކެނެޑާއަށް ނިސްބަތްވާ މީހަކާއެކު ޖުމުލު 242 މީހުން ދަތުރުކުރި އެވެ.
އަހުމަދުއާބާދު ޕޮލިސް ކޮމިޝަނަރު އެމްއެސް މާލިކުއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުންނާއި ބޭރުގެ ބޮޑެތި ނޫސްތަކުން މީގެ ކުރިން ވަނީ މަތިންދާ ބޯޓުން ދަތުރުކުރި އެކަކުވެސް ސަލާމަތް ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެމްއެސް މާލިކު އޭއެންއައި އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ފަހުން ވަނީ އެކަކު ސަލާމަތްވި ކަމަށް ބުނެފަ އެވެ.
”ފްލައިޓުގެ ސީޓު ނަންބަރު 11އޭ ގައި އިން އެކަކު ސަލާމަތްވެފައި. އޭނާ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން. އެހެންވީމަ މަރުވީ ކިތައް މީހުން ކަމެއް ނުބުނެވޭނެ. މަތިންދާބޯޓު ވެއްޓުނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށްވާތީ މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް،“ އަހުމަދުއާބާދު ޕޮލިސް ކޮމިޝަނަރު އެމްއެސް މާލިކުއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
ބައެއް މީޑިއާތަކުން ވަނީ ސަލާމަތްވި ކަމަށް ބުނާ މީހާ ކޮރު ޖަހަމުން އެމްބިއުލާންސަށް އަރަންދާތަން ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ. އެ ވަގުތު އޭނާ ދިޔައީ އެ ސަރަހައްދުގައި ތިބި މީހުންނާ ވާހަކަވެސް ދައްކަމުންނެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އޭނާ ސަލާމަތްވީ ބޯޓު ވެއްޓެން ދިޔައިރު އޭގެން ފުންމާލައިގެންނެވެ. އެކަން ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ގުޅުންހުރި
ޖެން ޒީންގެ ރުހުމާއެކު ނޭޕާލުގެ ވަގުތީ ބޮޑުވަޒީރު ކަމަށް އެ ގައުމުގެ
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ
ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!