އިޒްރޭލުން ރޭ ދަންވަރު ދިން ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ރޭ ދަންވަރު ދިން ހަމަލާތަކުގައި އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބަގޭރީ އާއި އީރާނުގެ އިންގިލާބީ ފައުޖުގެ އިސްވެރިޔާ، ހުސައިން ސަލާމީ އަދި ހަ ނިއުކްލިއާ ސައިންޓިސްޓުން ވަނީ ޝަހީދުވެފަ އެވެ.
”އިޒްރޭލުން އިރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތަކެއް. ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ،“ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އިޒްރޭލުން ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވާފައި މިވަނީ، ސައުދީ އަރަބިއާ އިންވެސް އެކަން ކުށްވެރިކޮށްފައި ވަނިކޮށެވެ.

ގުޅުންހުރި
އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!
މަޑަކުން ނުތިބޭނަން، އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރުވާނަން: އީރާންގެ
އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި
އީރާނުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލައިފި، ނާކާމިޔާބު ކޮށްލުމުގައި އިޒްރޭލު
އިޒްރޭލަށް ޚާމަނާއީގެ އިންޒާރު: ތި ތައްޔާރުވީ އަމިއްލަ ނެތިދިއުމަށް، ހަރުކަށި އަދަބެއް
އިޒްރޭލުން ހަމަލާދީ އީރާނުގެ އިންގިލާބީ ލަޝްކަރުގެ ވެރިޔާ ޝަހީދުކޮށްލައިފި