މަޑަކުން ނުތިބޭނަން، އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރުވާނަން: އީރާންގެ ރައީސް

އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ---

އިޒްރޭލުން އީރާނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން އީރާނާއި ގައުމުގެ އޮފިޝަލުން މަޑަކުން ނުތިބޭނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ.

އީރާނުގެ ރައްޔިތުންނަށް ދެއްވި މެސެޖެއްގައި މަސްއޫދު ވިދާޅުވީ، އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރަންޖެހޭވަރު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަސްއޫދު އިތުރަށް ވިދާޅުވީ މިއަދަކީ އީރާންގެ ރައްޔިތުން ކުރިއަށްވުރެ ބޮޑަށް އިތުބާރު ކޮށްގެން އެއްބައެއްވަންކަމާއި އެއްބައިވަންތަކަމުގައި ތިބެންޖެހޭ ވަގުތެއް ކަމަށެވެ.

މަސްއޫދު މިގޮތަށް އިޒްރޭލަށް އިންޒާރު ދެއްވި އިރު، ހަމަލާތަކާ ގުޅިގެން އިޒްރޭލަށް ހަރުކަށި އަދަބެއް ދެއްވާނެ ކަމަށް އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله އަލީ ހަމަނާއީ ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ފަހުން އީރާނުން އިޒްރޭލަށް ހަމަލާ ދިނުމުގެ ގޮތުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލި ނަމަވެސް އޭގެން މާބޮޑު އަސަރެއް ކޮށްފައެއް ނުވެ އެވެ.