އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން 2025 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.
ނަސީބުވެރި ފަރާތް ހޮވާފައި ވަނީ އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަ މާޓުގައި ބޭއްވި ކުޑަ ހަފުލާއެއްގައެވެ.
އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަނަކީ 9 ޖަނަވަރީން 30 މާޗުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާ އިން މަތިން ވިޔަފާރި ކުރި ކަސްޓަމަރުންގެ މެދުގައި ބޭއްވި ޕްރޮމޯޝަނެކެވެ.
އެ ޕްރޮމޯޝަންގައި އެ ނޫންވެސް ތަފާތު ގިނަ އިނާމުތަކަކާއި ޑިސްކައުންޓްތަކެއް ދިނެވެ. އެގޮތުން ކޮންމެ ހަފުތާއަކު، ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕާ ވަނީ ދީފަ އެވެ.



