އެމެރިކާގެ އެންމެ ފަހުގެ އަދި އެންމެ ވަރުގަދަ ބޮން އަޅާ ބޯޓުތައް އެމެރިކާ އިން ފުރައިފި އެވެ.
ފްލައިޓް ޓްރެކިން ޑޭޓާ އާއި އެއާ ޓްރެފިކް ކޮންޓްރޯލް ކޮމިއުނިކޭޝަންތަކާ ހަވާލާދީ ފޮކްސް ނިއުސްގައި ބުނެފައިވާ ގޮތުން އެމެރިކާގެ މިސޫރީގައި އޮންނަ ވައިޓްމޭން އެއާ ފޯސް ބޭސް އިން އެމެރިކާ އަސްކަރިއްޔާގެ ބީ-2 ގެ ހަ ބޯޓު ވަނީ ފުރައިފަ އެވެ.
އެ ބޯޓުތައް ގޮސްފައިވަނީ ރިޕޯޓްތައް ބުނާ ގޮތުން ގުއާމްގައި އޮންނަ އެމެރިކާގެ މަރުކަޒަކަށެވެ.
ބީ-2 ގެ ބޯޓުތަކަކީ ބަންކާ ބަސްޓިން ޖީބީޔޫ-57 މެސިވް އޯޑްނެންސް ޕެނެޓްރޭޓާ ނަމަކަށް ކިޔާ ބޮން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި އެއާކްރާފްޓެވެ. މިއީ އީރާނުގެ އެންމެ ސަލާމަތީ ކަންކަން ވަރުގަދަ ފޯޑޯ ނިއުކްލިއާ ފެސލިޓީއަށް ގެއްލުމެއް ދެވިދާނެ ކަމަށް ބެލެވޭ ބޮމެވެ. ބީ-2 ގައި އޭގެ ދެ ބޮން އުފުލެ އެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި