ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން ރައީސް ނިންމަވައިފި

ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެ މަނިކުފާނު އެކަން ހާމަކުރައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔޭގަިއ ވެސް ފާހަގަކޮށްލެވޭ ސިނާއަތެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މެހެމާންދާރީ އާއި ޒިޔާރަތްކުރާ މީހުންނަށް ތަޖުރިބާތަކާއި އެ ސިނާއަތުގެ ދެމެހެއްޓެނިވި ގޮތްތައް ވެސް ފާހަގަކޮށްލެވޭ ކަމަށެވެ.

ސަރުކާރުގެ މިހާރު އަމާޒަކީ ހަލާލް ޓޫރިޒަމް ތައާރަފުކުރުން ކަމަށް ރައީސް ވިދާަޅުވި އެވެ.

އެގޮތުން ހަލާލް ޓޫރިޒަމް ކުރިއެރުވުމަށް ޓަކައި

ހާއްސަ ގޮތެއްގައި ވަކި ރަށްތަކެއް ކަނޑައަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެ މަޝްރޫއުގެ އިންވެސްޓރުންނަށް ބޮޑެތި އިނާޔަތްތަކާއި ލުއިތަކެއް ދެއްވާނެ ކަމަށެވެ.