ޅ. އަތޮޅު ކައިރިއަށް އަޑިއަށްދިޔަ ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްގެ ކޮޅުވެއްޓި އޮތީ 550 މީޓަރު (1804 ފޫޓު) އަޑީގައި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ
މި މަހުގެ 25 ވަނަ ދުވަހު މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި އެ އުޅަނދުގައި ތިން ދިވެހިންނާއި ތިން ބިދޭސީން ދަތުރުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ސިފައިންނާއި އެއް އާންމު ފަރާތް އަދި ތިން ބިދޭސީންނެވެ.
އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، އޭގެ ތެރެއިން އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ. ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
އެ ހާދިސާއާ ގުޅިގެން މީހަކު ހޯދަން އެދިފައިވާ މައުލޫމާތަކަށް އެމްއެންޑީއެފް އިން ދިން ޖަވާބުގައި ބުނެފައިވަނީ ކޮޅުވެއްޓި ދިޔަވެގެން އަރިއަޅައިގެންދިޔަ ވަގުތު އޭގެ ކެޕްޓަނާއި ނިޔާވިި އަލީ ހާމިދު އާއި ދެ މީހުން ތިބީ ވީލްހައުސްގެ ތެރޭގައި ކަމަށެވެ. އެ ވަގުތު ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ ހުރީ ކޮޅުވެއްޓީގެ އިންޖީނު ރޫމުގައި ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ، ލޭންޑިން ކްރާފްޓް އަރިއަޅައިގެން ދިޔަ ވަގުތު ކުއްލިއަކަށް ބަންޑުން ޖަހާލި ކަމަށް މިހާރު ލިބިފައިވާ މައުލޫމާތުން އެނގެން އެބަ އޮތް ކަމަށެވެ. އަދި ނިޔާވި އަލީ ހާމިދުގެ ހަށިގަނޑު ނެގީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ވީލްހައުސް ތެރެއިން ކަމަށްވެސް ބުންޏެވެ.
”ގެއްލުނު ބިދޭސީ ފަޅުވެރިޔާ އިންޖީނު ރޫމުގެ ތެރޭގައި ވީކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ސިވިކް ކުންފުނީގެ ލޭންޑިން ކްރާފްޓް ފެތިފައިވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި އެއް މޭލު ދުރުން، 550 މީޓަރު އަޑިއަށެވެ،“ އެމްއެންޑީއެފް އިން ބުންޏެވެ.

1 Comment
ގުޅުންހުރި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
1434 ދަރިވަރަކު ދަނީ ގުރުއާން ހިތުދަސްކުރަމުން، ގިނައީ އަންހެން ކުދިން
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން