ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކަށް ވަކި މިންވަރެއްގެ ޑޮލަރު ލިމިޓެއް ހަމަޖައްސައި ދިނުމަށްފަހު، އޭގެން ވިޔަފާރިކުރާތީ އެ ބޭންކުން ކަންބޮޑުވެއްޖެ އެވެ
ބީއެމްއެލުން މިއަދު ވަނީ ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ވިޔަފާރިތަކަށް ކުރެވޭ މުއާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށް ނިންމައިފަ އެވެ. އެކަމާ ގުޅިގެން އާންމުންގެ ނުރުހުން ބީއެމްއެލްއަށް އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ދަނީ އެއީ ސްކޭމް ބޭންކެއް ކަމަށް ބުނަމުންނެވެ.
އެކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ ޑެބިޓް ކާޑުތަކުން ރާއްޖެއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ. އެގޮތުން ބޭރުގެ ވިޔަފާރިތަކަށް މިހާރު ކޮންމެ މަހަކު 45 މިލިއަން ޑޮލަރު ދޫކުރަންޖެހޭ ކަމަށާއި އޭގެ ތެރެއިން 75 ޕަސަންޓަކީ އޮންލައިން ވިޔަފާރީގެ މުއާމަލާތްތައް ކަމަށްވެސް ބުންޏެވެ.
ބީއެމްއެލް އިން ބުނީ، އޮންލައިން ވިޔަފާރީގެ މުއާމަލާތްތަކަށް ދޫކުރާ 75 ޕަސަންޓުގެ ތެރެއިން މިއަދު އިއުލާން ކުރި 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމި ހަ މާޗެންޓަށް ތިންބައިކުޅަ އެއްބައި ދޫކުރާ ކަމަށެވެ. އޭގެ ތެރެއިން ވެސް ދިވެހިންގެ ތެރޭގައި މިހާރު މަޝްހޫރުވެފައިވާ ”ޓީމޫ“އަށް އެކަނިވެސް މަހެއްގެ މައްޗަށް ހަތް މިލިއަން ޑޮލަރު ދޫކުރަން ޖެހޭ ކަމަށް ބުންޏެވެ.




2 Comments
ގުޅުންހުރި
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު