ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ މޯލްޑިވްސް ބިޒްނަސް ފޯރަމް ބާއްވައިފަ އެވެ.
އެ ބިޒްނަސް ފޯރަމްގައި ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި އެކި ދާއިރާތަކާއި ފުރުސަތުތައް ސިންގަޕޫރުގެ އިންވެސްޓަރުންނަށް ތަފުސީލުކޮށްދީފަ އެވެ.
އެގޮތުން ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ފޯރަމްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ރަސްމާލޭގައި ސަރުކާރުން ކުރިއަށް ގެންދާ ބޮޑު ބޯހިޔާވެހިކަމުގެ މަޝްރޫ އެވެ. އެ މަޝްރޫއުގެ ދަށުން ގިނަ އިމާރާތްތަކެއް ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.
”ރަސްމާލޭގައި 65،000 ހައުސިން ޔުނިޓް އެޅުމަށް ޕްލޭންގައި ވަނީ ހިމަނާފައި. ރަސްމާލެއަކީ 1150 ހެކްޓަރުގެ ބޮޑު ބިމެއް. މިއީ ސިންގަޕޫރްގެ މެރީނާ ބޭ މާސްޓާ ޕްލޭން އޭރިއާއާއި އަޅާބަލާއިރު ތިން ގުނަ ބޮޑު ސަރަހައްދެއް.“ ޕްރެޒެންޓޭޝަން ހުށަހަޅައިދިން ފަރާތުން ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން މާލެ ސަރަހައްދުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 25،000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށެވެ.




2 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި