ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލަށް މިދިޔަ މަހު އެހީގެ ގޮތުގައި 8.6 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެންސްޕާ އިން އާންމުކުރި މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުގައި އެ ދެ ހޮސްޕިޓަލުގެ ތެރެއިން އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދީފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންނަށެވެ. ޓްރީޓޮޕުން ފަރުވާ ހޯދި 334 މީހަކަށް މިދިޔަ މަހު ޖުމުލަ 5.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ހިސާބުތަކުން ދައްކަ އެވެ.
ޓްރީ ޓޮޕުން މިދިޔަ މަހު ފަރުވާ ހޯދި މީހުންނަށް އެންމެ ބޮޑު އަދަދެއް ދީފައިވަނީ ކަށީގެ ބަލިތަކަށެވެ. އެ ބަލިތަކަށް ފަރުވާ ހޯދި 53 މީހަކަށް ޖުމުލަ 1.2 މިލިއަން ރުފިޔާ ދިންއިރު، ދެން އެންމެ ބޮޑު އަދަދެއް ދީފައިވަނީ ވިހެއުމާއި ގުޅިގެންނެވެ. އެގޮތުން ވިހެއުމާ ގުޅިގެން 64 މީހަކަށް ހަތް ލައްކަ ރުފިޔާ ދީފައިވެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން މިދިޔަ މަހު ފަރުވާ ހޯދި މީހުންނަށް އެންސްޕާ އިން ދީފައިވަނީ 3.2 މިލިއަން ރުފިޔާ އެވެ.
އޭޑީކޭ އިން ފަރުވާ ހޯދި މީހުންނަށް 190 ކޭސްއަކަށް މިދިޔަ މަހު އެންމެ ބޮޑު ހަރަދުކޮށްފައިވަނީ ކާޑިއޯވެސްކިއުލާގެ ބަލިތަކަށެވެ. އެ ބަލިތަކަށް ފަރުވާ ހޯދި 14 މީހަކަށް ޖުމުލަ ނުވަ ލައްކަ ރުފިޔާ ދިން އިރު، ދެން އެންމެ ބޮޑު އަދަދެއް ދީފައިވަނީ މައިބަދަ ނުވަތަ ނާރުގެ ބަލިތަކަށެވެ. އެ ބަލިތަކަށް 18 މީހަކަށް ވަނީ ފަސް ލައްކަ ރުފިޔާ ދީފަ އެވެ.

ގުޅުންހުރި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ