އއ. ތޮއްޑޫ ކައިރިއަށް މަސްވެރި ކަމަށް ނުކުތް ޒުވާނުންތަކަކަށް ހުދަންބަރެއް ކަމަށް ބެލެވޭ މާވަހަރެއް ހޮވައިފި އެވެ.
މާވަހަރު ހޮވި ޒުވާނުންގެ ތެރޭގައި ހިމެނޭ އަލީ ޝަހީމް ހަސަން ބުނީ ގްރޫޕު ހަދައިގެން ދޭތެރެއަކުން މަޖާކޮށްލުމުގެ ގޮތުން މަހަށްދާ ކަމަށެވެ.
”އިއްޔެ ވެސް ގްރޫޕު ހަދައިގެން މަހަށް ނުކުމެ އުޅެނިކޮށް އިރުއޮއްސުނު އެހާކަންހާއިރު އެ މާވަހަރު ފެނުނީ“ އޭނާ ބުންޏެވެ.
އެއީ 15 ކިލޯގެ މާވަހަރެއް ކަމަށް ޝަހީމް ބުންޏެވެ.



