ރާއްޖޭގައި ބާނާ މަހުން ޗައިނާގައި އުފައްދާފައިވާ ފުރަތަމަ ސާމްޕަލް ބެޗްގެ މަސްދަޅުތައް ބަންދުކޮށްފިއެވެ.
ޗައިނާގެ ވެއިހައި ކިއުޒީ ބްލޫސީ ފުޑްސް ކޯ ލިމިޓެޑް އަދި ޖިންގްވޭޑާއޯ ބްރޭންޑް ޓީމުން ރާއްޖޭގައި ބާނާ މަހުން އުފައްދާފައިވާ ފުރަތަމަ ސާމްޕަލް ބެޗްގެ މަސްދަޅުތައް ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް ވަނީ އަރުވައިފައެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ރާއްޖެއާއި ޗައިނާއާ ދެމެދު ހެދިފައިވާ ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އިމްޕޯޓް ޑިއުޓީއާ ނުލައި ދިވެހި މަސްވެރި އުފެއްދުންތައް ޗައިނާއަށް އިމްޕޯޓް ޑިއުޓީ ނުނަގައި އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އާ މާކެޓްތައް ހޯދައި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި މަހުގެ އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތައާރަފުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދެމެހެއްޓެނިވި މަސްވެރިކަމާއި ސަރަހައްދީ އެއްބާރުލުން އިތުރުވެގެންދާނެ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުގެ ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.

1 Comment
ގުޅުންހުރި
އެންސްޕާގެ ހަރަދުގައި ތައިލެންޑުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފި
ކަރެކްޝަންސްއާ ހަވާލުކުރަން ވެގެން ކުޅުދުއްފުށި އެއާޕޯޓު މެނޭޖަރު ހައްޔަރުކޮށްފި
ރައީސްގެ ޕޮޑްކާސްޓުތައް މަޑުޖެހިއްޖެ، މިދިޔަ މަހު އެއްވެސް އެޕިސޯޑެއް ނުދައްކާ
ސައުދީގެ އާ ސަފީރުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް