އުއްތަމަ ފަނޑިޔާރުގެ މަގާމުން މާދަމާ ރިޓަޔާކުރައްވާ މުއުތަސިމް އަދުނާނަށް ބޮޑު އެލަންސްވަސްތަކެއް ނުދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާތީ، ރިޓަޔާމަންޓް ޕެކޭޖް ބޮޑު ކުރުމަށް ޖޭއެސްސީން އެދުނީ މިދިޔަ ޖޫން މަހު އެވެ.
އެގޮތުން ޖޭއެސްސީން ވަނީ ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000 ރުފިޔާ ދިނުމަށާއި، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް އެދިފަ އެވެ.
ނަމަވެސް ޖޭއެސްސީން މިއަދު ނިންމީ އެފަދަ ބޮޑު އެލެވެންސެއް ނުދިނުމަށެވެ.
ޖޭއެސްސީން އެގޮތަށް ނިންމި ސަބަބެއް ނުބުނެ އެވެ.

1 Comment
ގުޅުންހުރި
ހަމަލާ ދިނުމުގެ ކުރިން ވައިޓްހައުސްއިން އިންޒާރު ދިންކަމަށް ބުނާ ބުނުން ގަތަރުން
އަގު ކޮންޓްރޯލް ކުރަން އެސްޓީއޯ އިން އޮރެންޖު އެތެރެކޮށް ވިއްކަން ފަށައިފި،
”ކަނބުލޮ“ ކާމިޔާބު ކޮށްފި! މި ހަފްތާ ބަންދުގައި އެކަނިވެސް 56 ޝޯ
އަލީބާބާގައި މުދާ ވިއްކޭ ގޮތް ދިވެހިންނަށް ހަމަޖައްސައިދެނީ
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ބިދޭސީންނާ ގުޅުން ހުރި ފީގެ ގޮތުގައި ދައުލަތަށް ލިބެނީ 1.2 ބިލިއަން