ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހެނބަދޫ އާއި ހޮޅުދު އާއި ޅޮއްސާއި ކުޑަފަރި އާއި ކެނދިކުޅުދު އާއި ވެލިދު އާއި މަނަދު އާއި މަގޫދު އާއި މާޅެންދު އާއި މާފަރާއި މިލަދު އާއި ފޮއްދޫ އަދި ލަންދު އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
“ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ،“ ރައީސް އޮފީހުން ބުންޏެވެ.
ރައީސް ނ. އަތޮޅަށް ވަޑައިގަތުމަށް ކުރިން ރާއްވަވާފައި އޮތީ ޖުލައި މަހު ފުރަތަމަ ހަފުތާގެ ތެރޭގައެވެ.




ގުޅުންހުރި
އަދާލަތުގެ ރައީސަކަށް ޝިފާން
ވަކިކުރީ ގާނޫނީ ހަމަތަކުން ބޭރުން، އަބުރު ކަތިލުމުގެ ބޭނުމެއް ނެތް: ސާޖިދު
ހިޔާގެ އަލިފާނާ ގުޅިގެން 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނުވިސްނަން: ޓްރަމްޕް
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަލުން ގުރު ނަގަން ފަށައިފި
ބޮޑެތި ބަދަލުތަކާއެކު ސޮލެއިލް ރޫފްޓޮޕް ހުޅުވައިފި! އިތުރަށް ހިތްގައިމުވެފައި، ރަހަތައް މީރު