ނުބައި ބޯޑެއް ޖަހާއިގެން މާލޭ ސަރަހައްދުގައި ދަތުރުކުރި ފުލުސް މީހަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގައި ސީ ޒޯންގެ ބޯޑެއް ޖަހައިގެން ފުލުހަކު ސައިކަލް ދުއްވާ މަންޒަރު ފެންނަ ފޮޓޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ފޮޓޯގައި ފެންނަ ގޮތުން ފުލުސް މީހާ ދުއްވަން އިން ސައިކަލްގައި ޖަހާފައިވާ ބޯޑުގައި އިނީ ސީ ޒޯންގެ ނަމްބަރު ޕްލޭޓްއެކެވެ. މާލޭ ސަރަހައްދުގައި ދުއްވާ ނަމްބަރު ބޯޑުގައި ޒޯންގެ ގޮތުގައި އިންނަނީ އޭ އެވެ.
އެކަމާ ގުޅިގެން ފުލުހުން މީޑިއާއިން ބުނީ ފޮޓޯގައި ފެންނަ ފުލުސް އޮފިސަރަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މި އަމަލު އިސްލާހު ކުރުމަށް ނަސޭހަތްތެރިވެވިފައިވާ ކަމަށެވެ.
އެ ފުލުސް އޮފިސަރާއި މެދު ފިޔަވަޅު އެޅި ނަމަވެސް، އެޅި ފިޔަވަޅެއް ޝިފާން ހާމަކޮށްފައެއް ނުވެ އެވެ.




ގުޅުންހުރި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް