ޖުވާ ކުޅެ އެކިއެކި އެފަދަ ސްކީމްތަކުގައި ބައިވެރިވާނަމަ އިންސާނާގެ ހަމަ ބުއްދި ފިލައިސް ގޮސް ޝައިތާނާގެ މަޅީގައި ޖެހިދާނެ ކަމަށް ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ބުއްދި ރައްކާތެރިކުރުމަކީ، އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށް ޓަކައި ބާވައިލެއްވުނު މައިގަނޑު މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދު ކަމަށެވެ. ހުތުބާގައި ބުނީ ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކާތެރިކުރުން ކަމަށެވެ.
އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ އަމަލަކުން، ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާ ނަމަ އެއީ އިސްލާމްދީން ނަހީކުރާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. މާތް الله އިންސާނާ އެހެން މަހުލޫގުތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންނެވެ. އޭނާގެ އުފެއްދެވުމާއި ސޫރަކުރެއްވުން އެހެން މަހުލޫގުންނަށްވުރެ ފުރިހަމަވުމުން ކަމަށް ހުތުބާގައި ބުންޏެވެ.
”މުސްލިމް އަހުންނޭވެ! ކަން މިހެން ހުރިއިރު މި ކުޑަކުޑަ މުސްލިމު މުޖުތަމައުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާ ފަދަ ނޭއްގާނީ އަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެކެވެ. މި ވަގުތީ ހަޔާތުގައި ތިމާއަށް ލިބޭ ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި މި ފަދަ އެއްޗެހި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން، މާތް الله އެބައިމީހުންގެ އަމަލުތަކަށް ބައްލަވައިވޮޑިގެންވާކަމާ މެދު އާފިލުވަނީ ހެއްޔެވެ“ ހުތުބާގައި ބުންޏެވެ.
”އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމީ އެ ކަމަށް ދެވިހިފައި މާތް الله ތިމާއަށް ދެއްވި ހަމަބުއްދީން ވިސްނައިފިކުރުކުރުމަށް ހުރަސްއެޅި ޝައިތާނާގެ ދަންތުރައިގައި ޖެހިދާނެ ކަންކަމެވެ“
ހުތުބާގައި ބުނީ މާތް الله އިންސާނާއަށް ދެއްވި ބުއްދީގެ ނިއުމަތް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިންސާނިއްޔަތު ކުރިއަރައިފައިވަނީ ކިހާ ވަރަކަށްހެއްޔެވެ؟ ސައިންސާއި ފަންނިއްޔާތާއި ތަފާތު އެކިއެކި ދާއިރާތަކުގައި އިންސާނާ އޭނާ ހޯދައިފައިވާ ކުރިއެރުންތަކާ މެދު ވިސްނައިފި ނަމަ، އޭނާ އަންތަރީސްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
”ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތް الله އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ނިޢުމަތެވެ. މާތް الله އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި ތިމާގެ ހަވާނަފުސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ހަގީގަތުގައި ވެސް ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށެވެ.“ ހުތުބާގައި ބުންޏެވެ.




1 Comment
ގުޅުންހުރި
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން:
ކަނޑުމަތީގައި އޮޑިދޯނިފަހަރަށް ލިބޭގެއްލުންތަކަށް ހައްލު: އެލައިޑްގެ މެރިންހަލް އިންޝުއަރެންސް
ފޮށިގަނޑަކާއި ޑަބިޔަލަކުން މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި
އެލައިޑަށް 40 އަހަރު: ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓް ކުރަން ބޭއްވި ބައިސްކަލް
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
ސިނގިރޭޓު ވައްކަން: އާރިފު ހިމެނޭގޮތަށް ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް