ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތުގައި މާލެ ވަށައިގެން ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ.
ވީއައިއޭގެ އޮޕަރޭޓާ އެމްއޭސީއެލުން ބުނެފައިވަނީ އެ ރަސްމިއްޔާތުގައި ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާއިރު، ތާރީހީ ފެންވަރަށް ހަވާ އެރުވުމާއެކު ހާއްސަ ޝޯތަކެއް ވެސް އޮންނާނެ ކަމަށެވެ.
އެމްއެންޑީއެފުން މިރޭ ވިދާޅުވީ، އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ ވަށައިގެންވާ ކަނޑުގެ 16 ސަރަހައްދެއްގައި، އަދި އެއާޕޯޓް ކައިރިން 3 ސަރަހައްދެއްގައި މާދަމާ ރޭ ހަވާ އަރުވާނެ ކަމަށެވެ.
ހަވާ އަރުވާނީ މާދަމާ ރޭ 20:30 ހާއިރު، 6 މިނެޓް ވަންދެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.




ގުޅުންހުރި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް