ރާއްޖެއިން އެންމެ އިތުބާރުކުރާ އަދި އެންމެ ގާތް އެކުވެރިއަކީ އިންޑިއާއަށްވުމުން ފަހުރުވެރިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ އެގޮތަށް ވިދާޅުވީ އ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގަ އެވެ.
އެ ސްޓޭޓްމެންޓުގައި މޯދީ ވިދާޅުވީ މިއަހަރު ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމަށް 60 އަހަރު ފުރޭނެ ކަމަށެވެ. ނަމަވެސް ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ އެއަށްވުރެ މާ ދުވަސްވީ ޒަމާންވީ ގުޅުމެއް ކަމަށް މޯދީ ވިދާޅުވި އެވެ.
އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގާތް ގައުމަކީ ރާއްޖެ ކަމަށާއި އިންޑިއާގެ ”ނެއިބަރހުޑް ފަސްޓް“ ޕޮލިސީއާއި ”މަހާސާގަރު“ ތަސައްވުރުގައިވެސް ރާއްޖެއަކީ މުހިންމު ރޯލެއް އަދާކުރާ ގައުމެއް ކަމަށް މޯދީ ވިދާޅުވި އެވެ.
ރާއްޖެއިން އެންމެ އިތުބާރުކުރާ ގައުމަށް އިންޑިއާވުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށާއި އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ގައުމަށް ކަމަށް މޯދީ ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއް ކަމަށް މޯދީ ވިދާޅުވި އެވެ.




ގުޅުންހުރި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް