ޖުލައި 27, 2025

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.

ނިޔާވެފައިވަނީ ތ. ވަންދޫއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ އިސްމާއީލް އަހުމަދު އެވެ.

އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

އިސްމާއީލް އަހުމަދު އުމްރާގެ އަޅުކަމަށް ގޮސްފައިވަނީ ތައިބާ ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގަ އެވެ.

އެ ގްރޫޕުން ބުނީ އިސްމާއިލް އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޖަނާޒާގައި މައްކާގައި މިވަގުތު ތިބި ދިވެހިން ބައިވެރިވުމަށް އެ ގްރޫޕުން ވަނީ އެދިފަ އެވެ.