މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ދިރާސާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސް މިރޭ އެކްސްގަަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުން ކަމަށެވެ.
“އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި” ރައީސް ވިދާޅުވި އެވެ.
ޗައިނާ، އީރާން، ސައުދީ އަދި ސިންގަޕޫރު ހިމެނޭހެން ބައެއް ގައުމުތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެއެވެ.

ގުޅުންހުރި
ރައީސަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް
އިމިގްރޭޝަން ކޮރަޕްޝަން: ލައްސާން ކުށަށް އިއުތިރާފުވުމުން ލުއި އަދަބެއް ދީފި
މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ
އެމްޑީޕީގެ ރަންރީނދޫ ދުވުން ބާއްވައިފި
ލަންކާގައި އިންވެސްޓުކުރާ ދިވެހިންނަށް އެގައުމުން ދިގު މުއްދަތަކަށް ބިން ލިބޭނެ!
ގުރުއާން ހިތުދަސްކުރުމުން އެހެން އިލްމުތައް ހާސިލުކުރަން ފަސޭހަވާނެ: ރައީސް