ގުރުއާން ހިތުދަސް ކުރުމުން އެހެން އިލްމުތައް ހާސިލުކުރަން ފަސޭހަ ވެގެންދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ،
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ކީރިތި ގުރްއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތެއްގައި ގިޔާމަތާ ހަމަޔަށް ދެމިގެންދާ މުއުޖިޒާތެއްކަމުގައި ލައްވައިފައިވާ މާތް ﷲގެ ކަލާމްފުޅު ކަމަށެވެ. ހުތުބާގައި އެ ގުރްއާން ރައްކާތެރިކުރައްވާނެ ގޮތް މާތް ﷲގެ ވަނީ މެދުވެރިކުރައްވައިފައި ކަމަށާއި ކީރިތި ގުރްއާން ކިޔަވައި އެ ގުރްއާން ހިތުދަސްކުރުމަކީ އޭގެ ތެރެއިން އެއް ގޮތް ކަމަށެވެ.
”ކީރިތި ގުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރާން ފަސޭހަވާނޭ ކަމެކެވެ. އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ހަދީސް ޢިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ގުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވިއެވެ“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ކީރިތި ގުރްއާން ހިތު ދަސްކުރެވޭނީ ތަކުރާރުކޮށް އެ ފޮތް ކިޔަވައި، އަދި ގިނަގިނައިން އަޑު އަހައިގެން ކަމަށެވެ. ކީރިތި ގުރްއާން ހިތުދަސްކުރުމުގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން، ގުރްއާން ހިތުދަސްކުރުމުގެ ސަބަބުން ﷲ سبحانه وتعالىގެ ހަޒްރަތުން ލިބޭނޭ މަތިވެރި ދަރަޖަ ކަމަށް ހުތުބާގައި ބުންޏެވެ.
ގުރްއާން ހިތުދަސްކުރުމަކީ ދުންޔަވީ ހަޔާތާއި އުހުރަވީ ހަޔާތުގައި ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
ގުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިހުލާސްތެރިކަމާއި އުހުރަވީ ހަޔާތުގައި ﷲގެ ހަޒްރަތުން ލިބޭން ހުރި ނިޢުމަތްތައް ހަނދާންކުރާން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. ގުރްއާން ދަސްކުރުމަށް ފަހު ނުވަތަ ގުރްއާނުން މިންވަރެއް ދަސްކުރުމަށް ފަހު، ގަވާއިދުން މުރާޖައާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ގުޅުންހުރި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
މައުންޓް ލެވޮޓޮބީ ލަކި-ލަކި އަނެއްކާވެސް ގޮވައިފި, އަޅިތައް 10 ކިލޯމީޓަރު އުހަށް
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ