މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ހިމެނޭ މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރެއް ކަމަށްވާ އަހުމަދު ލައްސާނަށް، ދައުލަތާއެކު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ލުއި އަދަބެއް ދީ، ހުކުމްކޮށް މައްސަލަ ނިންމާލައިފި އެވެ.
ފުލުހުން މިދިޔަ ރޯދަ މަހު ބުނެފައިވަނީ އެ ރޯދަ މަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ހިމެނޭހެން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއީ، ޝައްމާންގެ އިތުރުން ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21، ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37، ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، 47 އަދި މ. ހަޒާރީވިލާ، އަހުމަދު ލައްސާން، 40، އެވެ.
އޭގެ ތެރެއިން ލައްސާން ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަކާއި ފޭރުމުގެ ކުށުގެ ދައުވާއެކެވެ. ލައްސާން ވަނީ ދެ ދައުވާއަށް އިއުތިރާފުވެފަ އެވެ.
އެހެންވެ ކުރިމިނަލް ކޯޓުން ވަނީ ލައްސާނަށް އިއްވީ، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއެކު 14400 ރުފިޔާގެ ޖޫރިމަނާއެކެވެ.
ފޭރުމުގެ މައްސަލައިގެ ކުށް ސާބިތުވުމުން ލައްސާންގެ މައްޗަށް އިއްވީ، ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާ އެކު 14400 ރުފިޔާގެ ޖޫރިމަނާއެކެވެ.

ގުޅުންހުރި
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ރައީސަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް
މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ
އެމްޑީޕީގެ ރަންރީނދޫ ދުވުން ބާއްވައިފި
ލަންކާގައި އިންވެސްޓުކުރާ ދިވެހިންނަށް އެގައުމުން ދިގު މުއްދަތަކަށް ބިން ލިބޭނެ!