މުވައްޒަފަކު ރޭޕްކުރި މައްސަލައެއް ސާބިތުވެ, އިންޑިއާގެ ކަރްނާޓަކާގެ މަޝްހޫރު އަދި ބާރުގަދަ ސިޔާސީ މީހެއް ކަމަށްވާ ޕްރަޖްވާލް ރެވަންނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ކަރްނާޓަކާގެ ނުފޫޒުގަދަ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ރެވަންނާއަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެކެވެ. އަދި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އެޗް ޑީ ދެވާ ގޮވްދާގެ ކާފަ ދަރިކަލެކެވެ.
ރެވަންނާ, އޭނާގެ ކުރީގެ މުވައްޒަފަކު ރޭޕް ކުރި މައްސަލަ ފެންމަތިވީ 2023 ވަނަ އަހަރު އެ މައްސަލައާ ގުޅޭ ބައިވަރު ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެކަމާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވުމުން ޑިޕްލޮމެޓިކް ޕާސްޕޯޓުގައި އޭޕްރިލް 2024 ގައި އޭނާ ގައުމު ދޫކޮށް ފިލި އެވެ. ނަމަވެސް އޭގެ މަހެއް ފަހުން ޖަރުމަނުން އިންޑިއާއަށް އައުމުން އޭނާ ހައްޔަރުކޮށް ދައުވާ އުފުލި އެވެ.
އެ ދައުވާއަށް އޭނާ ކުރިން އިންކާރު ކުރި ނަމަވެސް ދައުވާ ސާބިތުވުމުން އޭނާ ވަނީ ކަރުނަ އަޅައި ރޮއެ, ލުއި އަދަބެއް ދިނުމަށް އެދިފަ އެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ސާބިތުވި ނަމަވެސް, އެ ދައުވާ އިސްތިއުނާފު ކުރެވޭނެ އެވެ.




ގުޅުންހުރި
އައްޑޫގައި މަސައްކަތް ކުރާ ލަންކާ މީހަކު އިސްލާމްވެއްޖެ
ދިވެހިންގެ އެހީގައި ގާޒާގައި އިތުރު ވަގުތީ މިސްކިތެއް
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް