ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުގެ ނަން އަނބުރާ ނަގައި ދިނުމަށް އެދިވަޑައިގެން އޭނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ، ނަން އަނބުރާ ނެގުމަށް ހުށަހަޅުއްވަނީ އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ދިނުމަށް ބޭނުންނުވާތީ ކަމަށެވެ.
”ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،“ ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ އޭނާއަކީ އެ މަގާމަށް ޝަރުތު ހަމަނުވާ މީހެއް ކަމަށް ސިފަކުރުމަށް ބަޔަކު މަސަައްކަތް ކުރި ނަމަވެސް އޭނާއަކީ އެ މަގާމަށް ޝަރުތު ހަމަވާ މީހެއް ކަމަށެވެ.
”އަޅުގަނޑަކީ ޝަރުތު ނުވާ މީހެއް ކަމަށް ވެސް ދައްކަން ބަޔަކު އުޅެފައި އޮތީ. އެކަމަކު، އަޅުގަނޑަކީ ގާނޫނީ ވަކީލުކަމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މީހެއް. ހައި ކޯޓުގެ ފަނޑިޔާރަކަށް ބޭނުންވާ ޝަރުތު ވެސް ފުރިހަމަވޭ،“ އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީން ނިންމާފައިވަނީ މިރޭ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަހީދު އައްޔަން ކުރެއްވުމަށެވެ.

1 Comment
ގުޅުންހުރި
ޣައްޒާގައި 5 އަހަރުން ދަށުގެ ހުރިހާ ކުދިން ބަނޑަށް މަރުވުމުގެ ބިރު
ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިއްޖެ، މީގެ ކުރިން 13
ގަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ރުހުން ދީފި
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު، ”ކަނބުލޮ“ގެ ޓިކެޓް ވިއްކަން
ޓެކްސްތަކާ ބެހޭ ކުށްތައް ޖަލު އަދަބަށް ބޮޑުކޮށް، އިތުރު ބާރުތަކެއް މީރާއަށް
ޕެންޝަން ފަންޑުން ފުލެޓުތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީ