ދޯންޏެއް ފަރަށް އެރުމުގެ ސަބަބުން ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އެ ދޯނީގައި ތިބި މީހުން ފަރުމަތީގައި ތިއްބާ ސަލާމަތްކޮށްފައިވާނެ ކަމަށެވެ.
އެއީ ”އަލްމަޖްރާ“ ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނި މ. ދިއްގަރު ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށާއި އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި ވ. ފެލިދޫ އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ތިން މީހުންގެ ހާލު ވެސް ރަނގަޅެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުންނެވެ.
ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ މީހުން ބުނެއެވެ. ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި
ޣައްޒާގައި 5 އަހަރުން ދަށުގެ ހުރިހާ ކުދިން ބަނޑަށް މަރުވުމުގެ ބިރު
ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިއްޖެ، މީގެ ކުރިން 13
ގަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ރުހުން ދީފި
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު، ”ކަނބުލޮ“ގެ ޓިކެޓް ވިއްކަން
ޓެކްސްތަކާ ބެހޭ ކުށްތައް ޖަލު އަދަބަށް ބޮޑުކޮށް، އިތުރު ބާރުތަކެއް މީރާއަށް
ޕެންޝަން ފަންޑުން ފުލެޓުތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީ