އޯގަސްޓް 6, 2025

ދިރާގުން މި އަހަރު ދޭނީ އެންމެ ސްޕީޑްބޯޓެއް ނޫން، ކޮންމެ ހަ މަހަކުން ސްޕީޑްބޯޓެއް ދެނީ!

ދިރާގު ކަސްޓަމަރުންނަށް އެންރޯލް ކޮށްގެން މި ފަހަރު ދެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި  ’ވިން އަ ޓެސްލާ‘ އަދި ’ވިން އަ ސްޕީޑްބޯޓް‘ ޕްރޮމޯޝަންތަކަށް ލިބުނު ތަރުހީބަށްފަހު މި އަހަރު ވެގެންދާނީ މިފަދަ އަގު ބޮޑު އިނާމެއް ކަސްޓަމަރުންނަށް ލިބިގެންދާ ޕްރޮމޯޝަން ކުރިއަށްގެންދާ ތިންވަނަ އަހަރަށެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައާރަފުކުރި ’އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް‘ ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އާ ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިގޮތުން، ދިރާގު ޕްރީޕެއިޑް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއް ނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތްތައް މިހާރު ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް https://bit.ly/Dhiraagu-Win2Speedboats މެދުވެރިކޮށް އެންރޯލް ކުރެވޭނެ އެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝަން ހަސަން ވިދާޅުވީ، މިދިޔަ އަހަރުގެ ”ވިން އަ ސްޕީޑްބޯޓް“ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ހޫނު ތަރުހީބާއި އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އަހަރު ދެ ސްޕީޑްބޯޓް ދޭން ނިންމީ އެ ތަރުހީބުގެ މައްޗަށް ބިނާކޮށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

”ކުރީބައިގައި މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނާއި އަދި ދިރާގުޕޭއަށް ރެޖިސްޓާކުރާ ކަސްޓަމަރުންނަށް މި އިނާމު ހާސިލުކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ ގައުމުގެ އެންމެ ބޮޑު ބަޔަކީ ކަނޑު ކަމުގައިވާއިރު، މިއީ ހަމައެކަނި އަގު ހުރި އިނާމެއްގެ އިތުރުން އަޅުގަނޑުމެންގެ ދިރިއުޅުމާ ވެސް ގުޅިފައިވާ އިނާމެއް. އެހެންކަމުން، މިއީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭ ތަޖުރިބާތައް ފޯރުކޮށްދިނުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް“ މިރްޝާން ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އަޅާފައިވާނެ އެވެ.

8 Comments

  • Ismail Arif އޯގަސްޓް 3, 2025

    Ahmed Rimey

  • Ahmed Zaatte އޯގަސްޓް 3, 2025

    Thee rangalhu kame.

  • Duss Punk އޯގަސްޓް 3, 2025

    Slot gameh meevess

  • Ahmed Faisal އޯގަސްޓް 3, 2025

    Aharaku innanii 12 mas ehenviima 2 boat dheveynii

  • Zaid Idrees އޯގަސްޓް 4, 2025

    Dhiraagun 50 boat dhinas efaisaa rayyitun atun felailaane

  • Abulho Abdull އޯގަސްޓް 4, 2025

    މިހިނގާ އަހަރުގަ ބާކީ އިނީ ކިތައް މަސް

  • Nafiu Mohamed އޯގަސްޓް 4, 2025

    2 ethi dheniye kiyabala

  • Mohamed Ibrahim އޯގަސްޓް 5, 2025

    Evara felaa ey Dhiraagu 2 boat dhey iru 10 boat dhey vara felaa

Leave a Reply