ސިހުރު ހެދުމަށް ހިތްވަރު ދެމުންދާ ފޭސްބުކު ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ސިހުރު ހަދައިދީ އެކަމަށް ހިތްވަރުދީމައުލޫމާތު އާންމުކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ސިހުރު ހަދައިދޭކަމަށް ބުނެ އެ ޕޭޖުތައް ސޯޝަލް މީޑިއާގައި ހިންގަމުންދަނީ މިއަހަރުގެ ޖޫންމަހުން ފެށިގެން ކަމަށެވެ.
ސިހުރު ހަދައިދޭ ކަމަށް ބުނެ ގިނަ ޕޭޖުތަކެއް ފޭސްބުކް ހިންގައި ޕްރޮމޯޓުކޮށް ހަދަ އެވެ.
އެފަދަ ޕޭޖުތަކުގައި ސިހުރާއި ފަންޑިތައާ ގުޅުން ހުރި ފޮޓޯ އާއި މައުލޫމާތުތައް ވެސް ހިއްސާކޮށްފައި ހުރެ އެވެ.




ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ