ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާގުޅޭ ގޮތުން މައުލޫމާދު ދެއްވުމަށް އެމްއެމްއޭގެ ގަަވރުނަރު އަހުމަދު މުނައްވަރު ވަޑައިގެންނެވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
މި ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ ނާއިބު މުގައްރިރު އޭދަފުށީދާއިރޭގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ބައްދަލުވުން ސިއްރު ކުރުމަށް އެމްއެމްއޭއިން އެދިފައިވާ ކަަމށެވެ. އެހެންކަމުން އެކަން މެންބަރުންގެ ހިޔާލަށް ހުޅުވައިލެއްވިއެވެ.
އެ މައްސަލައަށް ފުރަތަމަ ވާހަކަ ދެއްކެވި އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ކޮންމެހެން ސިއްރުކުރަންޖެހޭ ކަމެއް އޮތް ނަމަވެސް މުޅިކޮމިޓީ ބައްދަލުވުން ސިއްރުކުރަން ނުޖެހޭކަމަށެވެ.
”ކުރެވޭ ސުވާލުތަކާ މަސައްކަތްތައް ޕަބްލިކަށް އެނގެެންޖެހޭ، އަޅުގަނޑުމެން ސިއްރުން ހުރިހާ ކަމެއްކޮގެން ކިހިނެއްތޯ ކަންކަން ރަނގަޅުކުރާނީ އަޅުގަނޑުމެނަށްވުރެން މާބޮޑު ޝަކުވާ އެބައޮތް ޕަބްލިކްގަ އެހެންވީމަ އެކަންކަން ރަނގަޅުކުރަންކުރާ މަސައްކަތް ޕަބްލިކަށް ފެންނަންޖެހޭ،“
އެހެންކަމުން ކޮމިޓި ބައްދަލުވުން ސިއްރުކުރަން ނުޖެހޭކަމަށްވެސް ވިދާޅުވިއެވެ. އއޭނާ ވިދާޅުވީ ކޮމިޓީ ބައްދަލުވުން ސިއްރުކުރަނީ ގައުމީ ސަލާމަތައް ނުރައްކާ ވާ މައްސަލަތުގައިކަމަށެވެ.
ނަަމަވެސް ކޮމިޓީ ބައްދަލުވުން ސިްރުކުރަން ހުށަހަޅުއްވަމުން ޕީއެންސީގެ މެންބަރު ފުނަދޫ ދާއިރާގެ މުހައްމަދު މަމްދޫހު ވިދާޅުވީ، މި މައްސަލައަކީ ވަރަށްގިނަ ބައެއްގެ މަސްލަހަތާގުޅުންހުރި މައްސަލައެއްކަމަށާއި، ގިނަ މައުލޫމާތުތަކެއް ހިމެނޭކަމެއްކަމަށެެވެ. އަދި އެކަމުގައި ހާމަކުރަންޖެހޭކަމެއް އޮތްނަމަ މެންބަރުމެދުވެރިކޮށާއި، އެމްއެމްއ މެދުވެރިކޮށް ހާމަކުރެވިދާނެކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައުގައި ކޮމިޓީ ސިއްރު ނުކުރަން ގަފޫރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައ އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ ރާއްޖޭހެ އިގްތިސާދާބެހޭ ވާހަކަތެއް، އަދި ޑޮލަރުހެ ތާށިކަމާބެހޭ މައުލޫމާތެއް ސއިްރުކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.
”ހުރިހާކަމެއް ސިއްރުކޮށްގެން މަގުސަދު ހާސިލެއް ނުކުރެވޭ ކޮމިޓީއަށް ގެނައުމުގެ އެންމެބޮޑުބޭނުމަކީ ކަންކަން ރައްޔިތުންނަށް ހާމަކުރުން، ސިއްރު ކުރުމުން ރެކޯޑްގައިވެސް އެއްވެސް އެއްޗެއްނޯންނާނެ،
އޭނާ ވިދާޅުވީ، ދައުލަތުގެ އިދާރާއަކުން ހަމަ އެދޭއިރަށް ކޮމިޓީ ސިއްރުކުރުމެއް ކުރީގެ މަޖިލިސްތަކަކު ނޯންނަ ކަމަށެވެ. އަދި ކަންކަން ރައްޔިތުންނަށް ފޮރުުމުގެ ބަދަލުުގައި ކަންކަން ހާމަކުރމަކީ ވެރިކަން ހިންނާ ޕީއެންސީ އާއި ރައީސް މުއިއްޒުގެ ސިޔާސަތުކަަމށާއި، އެހެންކަމުން އެ ސިޔާސަތާ އެެއްގޮތަށް ކޮމިޓީ ކުރިއަށްގެންދިއުމަށް ޕީއެންސީގެ މެންބަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.
ނަމަވެސް ކޮމިޓީ ސިއްރުކުރަން ނުފެނޭތޯބެލުމަށް ނެގި ވޯޓުގައި ސިއްރުކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންަބރުންނެވެ.
ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ފާސްކުރީ މަމްދޫހުގެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ތާސީދު ކުރައްވައިގެންނެވެ.
މި މައްދަލުވުމުގައި އެމްއެމްއޭ އިން ކުރަމުންގެންދާ ބައެއް މަސައްކަތްތަކާގުޅޭގޮތުން މައުލުމާތު ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.




1 Comment
ގުޅުންހުރި
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ
ފެނުގެ މަތިން ދުއްވާ ”ހައިޑްރޯފޮއިލިން“ ބޯޓުތަކެއް ރާއްޖެ ގެންނަނީ
ސަރުކާރުން ހުއްދަނުދިނުމުން އެމްޑީޕީގެ އެއްވުން ފަސްކޮށްފި
ބޯޑުގެ ހުއްދައާ ނުލައި ލޯނު ދޫކުރަމުންދާ ކަމަށްބުނާ ވާހަކަތައް ބީއެމްއެލުން ދޮގުކޮށްފި
ވަގު ސިނގިރޭޓުގެ ތުހުމަތު އަޅުވައި މަގާމުން ވަކިކުރި ރިޔާޒަށް އަލުން ވަޒީފާ