އެސްޓީއޯގެ ފިޔާ ޝިޕްމެންޓް ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ އެ ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކަކާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން މާކެޓް ސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމަންޓެއް ކަމަށެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލްސެންޓަރުން މިވަގުތު ފިޔާ ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުންނާނީ 15 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެ ކަމަށެވެ.



