ޔަހޫދީ އިޒްރޭލަށް ޖާސޫސު ކޮށްދިން އީރާނުގެ ނިއުކްލިއާ ސައިންޓިސްޓަކަށް އެ ގައުމުގައި މަރުގެ އަދަބު ދީފި އެވެ.
އީރާނުގެ ޝަރުއީ ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޒާންގައި ބުނެފައިވާ ގޮތުން ރައުޒްބެ ވާދި ނަމަކަށް ކިޔާ އެ މީހާއަށް އިއްޔެ މަރުގެ އަދަބު ދީފައިވަނީ އީރާނާއި އިޒްރޭލާ ދެމެދު 12 ދުވަހަށް ކުރިއަށްދިޔަ ހަނގުރާމައިގައި މަރާލި އީރާނުގެ ސައިންޓިސްޓެއްގެ ސިއްރު މައުލޫމާތު އިޒްރޭލަށް ދިން މައްސަލައެއްގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަރުގެ އަދަބު ދިން ވާދީއަކީ ރިއެކްޓާ އިންޖިނިއަރިން ދާއިރާ އިން ޑޮކްޓަރޭޓް ހަދާފައިވާ މީހެކެވެ. އަދި އޭނާއަކީ އީރާނުގެ އެޓޮމިކް ހަކަތައިގެ ޖަމިއްޔާގެ ދަށުން ހިންގާ ނިއުކްލިއާ ސައިންސް އެންޑް ޓެކްނޮލޮޖީ ރިސާޗް އިންސްޓިޓިއުޓްގެ މެންބަރެކެވެ.
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް މަރުގެ އަދަބު ދިން އިރު، މިހާތަނަށް އަށް މީހަކަށް ވަނީ އެ ކުށުގައި މަރުގެ އަދަބު ދީފަ އެވެ. އަދި ނުބައި ރޭވުންތަކެއް ރާވައި އީރާނަށް ގެއްލުން ދިނުމަށް މަސައްކަތް ކުރި އައިސިސް ޖަމާއަތުގެ މީހަކަށްވެސް މަރުގެ އަދަބު ދީފަ އެވެ. އޭނާއަށް އެ އަދަބު ދީފައިވަނީ ދަންޖައްސައިގެންނެވެ.




1 Comment
ގުޅުންހުރި
ހާމަނައީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމަކީ އީރާނަށް އޮތް ވާޖިބެއް އަދި ހައްގެއް: މަސްއޫދު
ޚާމަނާއީ ހަވަހާރަވެފައިވާކަން އިރާނުން ކަށަވަރުކޮށްދީފި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން