އެސްޓީއޯއިން ވަރަށް ހާއްސަ ”ބެކް ޓު ސްކޫލް ޕްރޮމޯޝަން“ އެއް އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ އެ ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.
އެގޮތުން، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގާ ބްރޭންޑްގެ ހުރިހާ އުފެއްދުމެއް ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ޑެވޮންޑޭލް އަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ހަށިގަނޑަށް ފައިދާ ހުރި ބްރޭންޑެއް ކަމަށާއި ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓް ތަކެއް ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ކުއިކްބެރީ ބެރޭންޑުގެ ”ޝުގާ ފްރީ“ ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
”މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑް ތަކުން 100 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެ އެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމުމަށް ފަހުގަ އެވެ. ގުރުއަތުން ހޮވޭ ވަރަށް ހާއްސަ 3 ފަރާތަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު ”ޕީކަބޫ“ ފިހާރައިގެ އަގުހުރި 3 ގިފްޓް ވައުޗާ ލިބިގެން ދާނެ“ އެސްޓީއޯއިން ބުންޏެވެ.
އެގޮތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 5000ރ، 2 ވަނައަށް ހޮވޭ ފަރާތަކަށް 2500ރ އަދި 3 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1500ރ ގެ ވައުޗަރެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނު ވެސް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އަދި ހަމަ އެއާއިއެކު 2 ޕްރޮޑަކްޓެއް ގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 7 ވަނަ ދުވަސް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ގުޅުންހުރި
އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ސްމާޓް ސްޓޯރު، ފާމަސީއަކަށް ބަދަލުކޮށް ހުޅުވައިފި
އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަން: 1 ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށް އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 169 މިލިއަން ރުފިޔާގެ ފައިދާއެއް
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
އެސްޓީއޯ އިން ޕެޓްރޯލް ލީޓަރަކުން 48 ލާރި ހެޔޮކޮށްފި