ޖެނުއަރީ 12, 2026

މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް، އެކަން ބަދަލުކުރީ އަޅުގަނޑުމެން: ރައީސް

މި ސަރުކާރު އައުމާ ހަމަޔަށް އޮތީ ދިއުޅި ދިގު، އިންއެފިޝިއެންޓް ނިޒާމެއް ކަމަށާއި ކެބިނެޓުގެ ވަޒީރުންނާއި މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ އެކު ރަށްތަކަށް ދަތުރުކުރައްވަނީ އެކަން ނިމުމަކަށް ގެނައުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު އއ. ހިމަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަނީ އެ ދަތުރުތަކުގެ މުހިންމުކަން އެ ބޭފުޅުންނަށް އެނގިވަޑައިނުގަންވާތީ ކަމަށެވެ.

”އަޅުގަނޑުމެން މި ދަތުރުތައް މި ކުރަނީ ރަށްރަށުގައި ހުރި ހުރިހާ މަޝްރޫއުތަކެއް ހިންގަވާ ބޭފުޅުންނާ އެކީ. މިގޮތަށް މިކަން ނުކުރީމާ ވާގޮތަކީ، ވަރަށް އިންއެފިޝިއެންޓް،“ ރައީސް ވިދާޅުވި އެވެ.

”ދިއުޅި ދިގު، އިންއެފިޝިއެންޓް ނިޒާމެއް މިއަދާ ހަމައަށް މި އޮތީ، އަޅުގަނޑުމެން މި މަސައްކަތް ފެށުމާ ހަމައަށް. މި ސަރުކާރުން މި ކަން ކުރަނީ މިކަމާ ގުޅޭ ހުރިހާ އެންމެން އެއްކޮށް ގެނެސް، އެއް ބައްދަލުވުމެއްގައި ހުރިހާ މުއައްސަސާތަކުގެ ވެރިންނާ އެކީގައި އެއް ބައްދަލުވުމެއް ބާއްވައި ހުރިހާ ވާހަކައެއް ދެއްކުމަށް އަޅުގަނޑު ފުރުސަތު ދެން.“

ރަށްރަށުގައި ހުރި ކޮންމެ އިދާރާއަކުން ވެސް ކަމެއް ބޭނުން ވެއްޖެ ނަމަ ދާންޖެހެނީ މާލެއަށް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ރައިސް ވިދާޅުވީ އެ މަނިކުފާނުހެ ދަތުރުތަކުން ރަށުގައި ތިބެގެން ހުރިހާ އިދާރާތަކެއްގެ ކަންކަން ހައްލުވާ ކަމަށެވެ.

1 Comment

  • މީއާ ސް އޯގަސްޓް 19, 2025

    ބްރޯ ނުބައޭ މިހާރު ބާރަށު 🎤 އަށްވުރެ ތަނަކުން🎤 ފެންނަށް އިރައް ކިޔޭނުކިޔޭ އެއްޗެ ބްރާންޗަށް ނޭގެ.🚶🏽💀
    Dr Mohamed Muizzu

Leave a Reply