ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ގްލޯބަލް އެމްބެސެޑަރަކަށް ނެޓްފްލިކްސްގެ ހިޓް ލައިވް އެކްޝަން ސީރީޒް، ވަން ފީސްގައި ސަންޖީގެ ރޯލު ކުޅޭ ބްރިޓިޝް-ސްޕެނިޝް އެކްޓަރު ޓެޒް ސްކައިލާ ހަމަޖައްސާފައިވާކަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އިއުލާންކޮށްފި އެވެ.
ވީއެމްސީން ބުނީ، ރާއްޖެ ޕްރޮމޯޓް ކުރުމުގެ ޕްރޮޖެކްޓަކަށް މި މަހުގެ 27 އިން ސެޕްޓެމްބަރު 15 އަށް ސްކައިލާ ރާއްޖެ އަންނާނެ ކަމަށެވެ. އެ ޕްރޮޖެކްޓުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ކެއުމުގެ ސަގާފަތް ދައްކައިދޭނެ ކަމަށާއި ސްކައިލާ އާއެކު ރާއްޖެ އާ މާކެޓްތަކަށް ތައާރަފު ވެގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ސްކައިލާގެ އިންސްޓަގުރާމް އެކައުންޓް 1.8 މީހުން ފޮލޯކުރާއިރު، ކޮންމެ ޕޯސްޓަކަށް އެވްރެޖުކޮށް 45،000 ލައިކްސް އާއި 300 އަށްވުރެ ގިނަ ކޮމެންޓްސް ލިބެ އެވެ.
ސްކައިލާ ފެނިގެންދާ ނެޓްފިލްކްސްގެ ވަން ޕީސް ސީރީޒް އަކީ މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ލައިވް އެކްޝަން އެނިމޭ ސީރީޒް އެވެ. އެ ސީރީޒް އިން ވަނީ ވެނިސްޑޭ އަދި ސްޓްރޭންޖާ ތިންގްސް ފަހަތަށް ޖައްސާލައި، 84 ގައުމެއްގައި އެންމެ ގިނަ މީހުން ބެލި ޝޯގެ ރެކޯޑް ހަދައިފަ އެވެ.

ގުޅުންހުރި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް 727 މިލިއަން ރުފިޔާ ހޭދަކޮށްފި
އަގުބޮޑު އިނާމް ތަކާއި އެކު އެސްޓީއޯ ”މެގަ ސޭލް ޕްރޮމޯޝަން“ ފަށައިފި
މެލޭޝިއާގައި ހުކުރު އަޅާ މީހުން 2 އަހަރަށް ޖަލަށް ލަނީ
ސަލްޓަން ޕާކު ތަރައްގީ ކުރަން ތިން މަހަށް ބަންދުކޮށްފި